އިއްޔެ ދިއްގަރު ފިނޮޅަށް ޖެއްސީ ރާއްޖެ އައިސް އޮތް ފްރާންސްގެ ނޭވީ ބޯޓެއްގެ ހެލްކޮޕްޓަރެއް ކަަމަށް ކޮވިޑް 19އާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ދިނުމަށް ކަނޑައެޅި ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވެއްޖެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުުގައި މަބްރޫކު ވިދާޅުވީ، ދިއްގަރު ފިނޮޅުގައި ޖައްސާފައި އޮއްވާ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވި ހެލިކޮޕްޓަރުތަކަކީ ފްރާންސްގެ ނޭވީ ކްރާފްޓަކަށް ނިސްބަތްވާ ހެލިކޮޕްޓަރުތަކެއްކަމަށެވެ.
އަދި މީގެ 30 ދުވަސްކުރިން އެ ކްރާފްޓް ޖިބުޓީން ފުރައިގެން ރާއްޖެ އައިސްފައިވަނީ ރާއްޖެއާއި ފަރާންސްއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކެއްގައި ބައިވެރިވުމަށްކަމަށް ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، އާއްމުކޮށްވެސް ރާއްޖެއަށް އަންނަ އެފަދަ އަސްކަރީ މަނަވަރުތަކަށް، ހެލިކޮޕްޓަރުފަދަ އެއްޗެހި އުދުހުމުގެ ހުއްދަ ދޭ ކަމަށާއި، ދިއްގަރު ފިނޮޅުގައި ފްރާންސްގެ ނޭވީ ކްރާފްޓުންއައި ހެލިކޮޕްޓަރެއް ޖައްސާފައިވަނީ މިގޮތުން އުދުހުމުގެ ތެރޭގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. އަދި މިހާރު ހެލިކޮޕްޓަރުތައް ކްރާފްޓަށް އަނބުރާގޮސްފައިވާކަމަށާއި، މިއަދު އެ އުޅަނދު ރާއްޖެއިން އަނބުރާ ފުރާނެކަމަށެވެ.
ނަމަވެސް މަބްރޫކު ވިދާޅުވީ، ކުރިން ރޭވިފައިއޮތީ، ބައެއް ރަށްރަަށް އެމީހުން ފައިބައިގެން މިކޮޅުގައި ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ކަމަށެވެ.
ނަމަވެސް ކޮވިޑް 19 ގެ މިހާރުގެ ހާލަތާގުޅިގެން އެ ކްރާފްޓް ރާއްޖެ އައިސްފައި ރާއްޖޭގައި ޑޮކްކޮށްފައި، ތެޔޮ އަޅާގެން ކާބޯތަކެތި ހިފާގެން ފުރާގޮތަށް ހަމަޖެއްސީ ކަމަށްވެއް ވިދާަޅުވިއެވެ.