ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދުގައި ގާއިމު ކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީސްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޒިޔާރަތް ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ކޮވިޑް 19 އާ ގުޅިގެން ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީސްތައް ކަމަށްވާ ފަރުކޮޅު ފުށި އަދި ކޮވިޑް 19ގެ ހިދުމަތްދެވޭނެ ގޮތަށް އަލަށް ހަމަޖެއްސި ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލަށް ރައީސް މިއަދު ހެނދުނު ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.
ރައިސް އޮފީހުން ބުނީ، ރައީސް އެތަންތަނަށް ޒިޔާރަތް ކުރައްވައި އެތަންތަނުގައި އިތުރަށް ކުރަމުން އަންނަ މަސައްކަތްތަކާއި އެތަންތަނުން ހިންގާ އޮޕަރޭޝަންތައް ކުރިއަށްގެންދާ ގޮތް ބައްލަވައިލައްވާފައިވާ ކަމަށެވެ.
ރާއްޖެއިން ވަނީ ކޮވިޑް 19 ފެތުރުނަ ނުދިނުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މިރޭ 12 އިން ފެށިގެން ރާއްޖޭގެ ބޯޑަރު އެއްކޮށް ބަންދުކުރަން ވެސް ވަނީ ނިންމާފަ އެވެ.