ޚަބަރު

އަބްދުއްރަހީމްއާ އަޅުގަނޑާ ވަރަށް ގިނައިން ފޯނުން ވާހަކަދެކެވޭ: ރައީސް

1

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާ ބަރާބަރަށް ފޯނުން ވާހަކަދެކެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ ލީޑަރުންނާ ފޯނުން ގުޅޭ ކަމަށާއި އެކަމަކު މިދޭތެރެއިން އަބްދުއްރަހީމް ކުރެއްވި ދެ ކޯލެއް ނުނެގި ދިޔަ ކަމަށެވެ.

"އަބްދުއްރަހީމަކީ ބަރާބަރަށް އަޅުގަނޑާ ގުޅައި ވާހަކަދައްކަމުންގެންދޭ. މިދިޔަ ދެ ދުވަހު އަޅުގަނޑަށް އެބައޮތް ދެ މިސް ކޯލް. އަޅުގަނޑަށް ނުނެގިއްޖެއްޔާ ވެސް ފަހުން ގުޅަން. އެހެންވީމާ އަޅުގަނޑާ ބަރާބަރަށް އެބޭފުޅުންނާ ވާހަކަދެއްކޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް 19ގެ މި ހާލަތާ ގުޅިގެން ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުންގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެއަށް ބަދަލުކޮށްދެއްވާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ ޖަލުގައި ތިބި ފަރާތްތަކަށް މައާފު ދިނުމުގެ އިހުތިޔާރު އޮންނަނީ ގާނޫނުގެ ތެރެއިން ވަކި އުސޫލެއްގެ ދަށުން ކަމަށާއި ވަކި މީހަކަށް ވަކިގޮތެއް ހެދުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟