ޚަބަރު

މުސާރަ ކުޑަކުރުމެއް ވެސް މަޝްރޫއުތައް މަޑުޖެއްސުމުގެ ވިސްނުމެއް ވެސް ނެތް: ރައީސް

އަލީ ޔާމިން

1

މުސާރަ ކުޑަކުރުމެއް ވެސް މަޝްރޫއުތައް މަޑުޖެއްސުމުގެ ވިސްނުމެއް ވެސް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކޮވިޑް 19އާ ގުޅިގެން ސިވިސް ސާވަންޓުންގެ މުސާރަ ކުޑަކުރުމަށް ނިންމާފައިނުވާ ކަމަށާއި މުސާރަ ވެސް ދެވޭނެ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ރަމަސާން މަހުގެ އެލަވެންސް ވެސް އެއްވެސް މުވައްޒަފަކަށް ކުޑަނުކޮށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ގޮތުގައި 10 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވާ ކަމަށާއި އޭގެ ތެރެއިން ބޮޑު ބަޔަކީ ލޯނުތައް ކަމަށެވެ. ނަމަވެސް ކޮވިޑް 19އާ ގުޅިގެން އެ ލޯނުތައް ދެއްކޭނެ ލުއި ގޮތްތަކަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ތަރައްގީގެ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި ކުރިއަށް ގެންދަނީ ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ރާއްޖޭގެ އެތެރޭގައި ފައިސާ ދައުރުކުރުން މުހިންމުވާތީ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟