ޚަބަރު

އަޅުގަނޑުގެ އަމިއްލަ ރައްކާތެރިކަމަށް މި އަޅާނީ ރައްޔިތުންގެ ރައްކާތެރިކަމަށްވެސް އަޅާ ފިޔަވަޅު: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްކާތެރިކަމަށް އަޅުއްވާނީ ރައްޔިތުންގެ ރައްކާތެރިކަމަށް ވެސް އަޅުއްވާ ފިޔަވަޅު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިއްހީ ހާލަތު ރަނގަޅު ކަމަށާއި އެމަނިކުފާނު ހުންނަވާނީ ރައްޔިތުންނާއެކު ކަމަށެވެ.

"އަޅުގަނޑު ހުންނާނީ ރައްޔިތުންނާ އެކީގައި. ރައްޔިތުންނަށް ވާގޮތެއް ވާން. އަޅުގަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާނެ ފިޔަވަޅު،" އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ބަލިން ރައްކާތެރިވުމަށް ސިއްހީ ދާއިރާގެ މަސައްކަތްތެރިންނާއި އެ މަސައްކަތުގައި އުޅުއްވާ އެހެން ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެކަމުގައި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ވެސް ރައީސް ޝުކުރު އަދާކުރައްވާފައިވެއެވެ.