ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޕާސަނަލް ސެކިއުރިޓީ ޓީމުގައި ހަރަކާތްތެރިވާ މުހައްމަދު އަޒުމީ އާއި އެމަނިކުފާނުގެ އޮފީހުގައި މަސައްކަތް ކުރާ ނަޖުމާ އިބްރާހިމް، މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރާއެކު ހައްޔަރުކުރި އަޒުމީއާއި ނަޖުމާ ހުރީ ހުކުމެއްގައެއް ނޫނެވެ. އެ ދެ މީހުންގެ ޝަރީއަތް ނިމެންދެން ހުރީ ބަންދުގައި ބަހައްޓައިފައެވެ.
އަޒުމީއާއި ނަޖުމާ ކޯޓަށް ހާޒިރުކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 2:00ގައެވެ. އެ ދެމީހުންނަށް ހުކުމެއް އައިސްފައި ނުވުމުގެ ސަބަބުން މިއަދު އެ ދެ މީހުންވެސް ބަންދުން ދޫކޮށްލާނެ ކަމަށް ބެލެވެއެވެ.
އަޒުމީއާއި ނަޖުމާއަށް އުފުލާފައިވަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ، އަދުލްއިންސާފު ގާއިމު ކުރަން ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.