ޚަބަރު

އިޒްރޭލުން ގާނޫނުގެ ފަޅިއަށް އައުމަށް ރާއްޖެއިން ޔޫއެންގައި ގޮވާލައިފި

އަހުމަދު ޖައިޝަން

ފަސަލްތީނާ ދެކޮޅަށް ހިންގަމުންދާ އަމަލުތައް ހުއްޓާލައި ބައިނަލްއަގުވާމީ ގާނޫނުގެ ފަޅިއަށް އިޒްރޭލު އައުމަށް ޔުނައިޓެޑް ނޭޝަންސް (ޔޫއެން)ގައި ރާއްޖެއިން ގޮވާލައިފި އެވެ.

ޔުނައިޓެޑް ނޭޝަންގެ ޖެނެރަލް އެސެމްބްލީގައި ދިވެހިރާއްޖެއިން ވަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުލާފައެވެ. އެ އެސެމްބްލީގައި ރާއްޖެ ފަރާތުން ބައިވެރިވެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ ނިޔޭގެ ގާނޫނުތަކާއި ހިލާފަށް އިޒްރޭލުން ހިންގަމުން ގެންދާ ޓެރަރިސްޓް އަމަލުތައް ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ.

އިޒްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ހަނގުރާމަ ހުއްޓާލައި ދެގައުމުން އެއްބަސްވުމަކަށް ދިއުމަށް ފަލަސްތީނުގެ ސަރުކާރާއެކު އިޒްރާއިލުން މަޝްވަރާތައް ފަށަން ޖެހޭނެ ކަމަށެވެ.