ޚަބަރު

ޖޭއޭ މަނަފަރު ރިސޯޓުން ކޮވިޑް 19 އަށް ޝައްކުކުރެވުނު ދިވެއްސެއްގެ ސާމްޕަލް ނަގާ ރަށް މޮނިޓަރިންނަށް

މަރިޔަމް ޝަހުދާ

ޖޭއޭ މަނަފަރު ރިސޯޓުން ކޮވިޑް 19 އަށް ޝައްކުކުރެވުނު ދިވެއްސެއްގެ ޓެސްޓު ކުރުމަށް ސާމްޕަލް ނަގައިފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓުގައި ބުނީ ޖޭއޭ މަނަފަރު ރިސޯޓުން ކޮވިޑް 19 އަށް ޝައްކުކުރެވޭ ދިވެއްސެއް ފެނިފައިވާ ކަމަށެވެ. އަދި އެމީހާގެ ސާމްޕަލް ނަގާ ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން އެމީހާގެ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ ރިސޯޓު މިހާރު ވަނީ މޮނީޓަރިންގެ ހާލަތަކަށް ގެނެއްސަ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާތަނަށް ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވެފައިވާ 13 މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ފަސް މީހަކު ރަނގަޅުވެފައިވާ ކަމަށް މީގެ ކުރިން ސަރުކާރުން މައުލޫމާތު ދީފައިވެއެވެ. ރާއްޖެއިން މި ބައްޔަށް މިހާތަނަށް ޕޮސިޓިވްވެފައިވަނީ ބިދޭސީންނެވެ.