ޚަބަރު

ޕާކިސްތާނުގައި މެޑިސިން ކިޔަވާ ދިވެހި ހަ ދަރިވަރަކު ފޮރިން މިނިސްޓްރީގެ އެހީގައި ރާއްޖެއަށް އައުމަށް ފުރައިފި

މަރިޔަމް ޝަހުދާ

ޕާކިސްތާނުގައި މެޑިސިން ކިޔަވާ ދިވެހި ހަ ދަރިވަރަކު ފޮރިން މިނިސްޓްރީގެ އެހީގައި ރާއްޖެއަށް އައުމަށް ފުރައިފި އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ހަ ދަރިވަރުން މާލެ އައުމަށް ފުރާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި ދޯހާ މަގުން މިއަދު މި ހަ ދަރިވަރުންވެސް ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް 19ގެ ޕެންޑެމިކާއި ގުޅިގެން ރާއްޖެއިން ބޭރުގައި ސިއްހީ ދާއިރާއިން ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިވާން އާދެވޭނެ ދަރިވަރުން އެކަން އެންގުމަށް ހެލްތު މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ. އެއާއެކު އެކި ގައުމުތަކުގައި ތިބި މެޑިސިން ކިޔަވާ ދިވެހި ދަރިވަރުން ވަނީ ރާއްޖެ އައުމަށް އެދިފައި ކަމަށް ސަރުކާރުން ބުނެއެވެ.

އެގޮތުން ނޭޕާލުގައި ތިބި 36 ދަރިވަރަކު މިހާރު ވަނީ ރާއްޖެ އައިސްފައެވެ. އަދި އިތުރު 51 ޑޮކްޓަރުން ނޭޕާލުން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.