ޚަބަރު

ފިޝަރީޒް މިނިސްޓަރު ގެމަނަފުށީ މަސްވެރިންނާއި ދަނޑުވެރީންނާ ބައްދަލުކުރައްވައިފި

އަހުމަދު ޖައިޝަން

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިހާރު ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ގެމަނަފުށީ މަސްވެރިންނާއި ދަނޑުވެރީންނާ ބައްދަލުކުރައްވައިފި އެވެ.

ފިޝަރީޒް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމަށްފަހު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު މިނިސްޓަރު ޒަހާ ފަށްޓަވާފައިވަނީ ގއ. އަތޮޅުން މިއަދު އެވެ.

އެ ދަތުރުފުޅުގައި، މަސްވެރިކަމަށް މަޝްހޫރު ގެމަނަފުށްޓަށް ވަޑައިގެން އެންމެ ފުރަތަމަ ޒަހާ ބައްދަލުކުރައްވާފައި ވަނީ އެރަށުގެ މަސްވެރިންނާ އެވެ.

އެ ބައްދަލުވުމުގައި މަސްވެރީންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް މިނިސްޓަރު ވަނީ އަޑުއައްސަވައިފައެވެ.

މިއަދު ހެނދުނު އެ ރަށު މަސްވެރީންނާ ބައްދަލުކުރެއްވި އިރު މެންދުރުފަހު މިނިސްޓަރު ޒަހާ ވަނީ އެރަށު ދަނޑުވެރީންނާ ވެސް ބައްދަލުކުރައްވައިފައެވެ.

އެރަށުގައި ދަނޑުވެރީންނަށް ހުރި ދަތިތައް ރަށުގެ ރައްޔިތުން ވަނީ މިނިސްޓަރާ ހިއްސާކޮށްފައެވެ.