ކޮވިޑް 19ގެ ސަބަބުން ރާއްޖެ ޓޯޓަލް ލޮކްޑައުން އަކަށް ދާ ހާލަތެއްގައި މަސައްކަތް ކުރާނެ ގޮތުގެ ޑްރިލްއެއް މިއަދު އެސްޓީއޯއިން ކުރިއަށް ގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި އަމްރު ވިދާޅުވީ އެސްޓީއޯ އެއްކޮށް ބަންދު ކުރެވެން ނެތް ކަމަށެވެ. އެއީ އެސްޓީއޯ އަކީ ރައްޔިތުންނަށް ކާޑުގެ އިތުރުން ބޭސް އަދި ގިނަ މަސައްކަތްތަކަށް ބޭނުންވާ ދަތުރުފަތުރުތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދޭ ކުންފުންޏަކަށް ވުމުން ކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ އެންމެން ނިކުމެ މަސައްކަތް ކުރަނިކޮށް އެކަކު ބަލިވެއްޖެ ނަމަ އެންމެން ކަރަންޓީނު ވާނެ ކަމަށެވެ. ނަމަވެސް ހުއްޓުމެއް ނެތި މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތަށް ކަންކަން ރާވާފައިވާނެ ކަމަށް އަމްރު ވިދާޅުވިއެވެ.
އެގޮތުން އެސްޓީއޯ ގުދަނުން ކާޑު ވިއްކުމާއި، ހޯމް އިމްޕްރޫވްމަންޓް ހުޅުވިފައި ހުންނަ ގަޑިޔަށް ބަދަލު ގެނެސް، އޮފީސް ބައެއް މުވައްޒަފުން ގެއިން މަސައްކަތް ކުރާ ގޮތަށް މިއަދު ހަމަޖެއްސެވި ކަމަށް އަމްރު ވިދާޅުވިއެވެ. އަދި މިއީ މިގޮތަށް އަމަލު ކުރުމުން ކުރިމަތިވާ ދަތިތައް ދެނެގަތުމަށް ލިބޭ ފުރުސަތެއް ކަމަށާއި މިއީ ހަމައެކަނި މިއަދަށް، އަޖުމަ ބަލައިލުމަށް ގެންނެވި ބަދަލެއް ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
މިވަގުތަށް އެންމެ މުހިއްމީ ވީހާވެސް މަދުން ގެއިން ނިކުތުން ކަން އަމްރު ފާހަގަ ކުރެއްވިއެވެ،