އަލީ ޔާމިން
ކޮވިޑް 19އާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވީހާވެސް ގިނަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ސްޓޭޓް ޓްރޭޑިން އޯނަގައިޒޭޝަން (އެސްޓީއޯ)ގެ ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސްފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ، މި އިންތިޒާމު ހަމަޖައްސުމަށްޓަކައި އެއް ދުވަހުގެ ޓެސްޓެއް މާދަމާ ކުރުމަށް އެކުންފުނީގެ ރިސެޕްޝަނުން ދެވޭ ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
މީގެ އިތުރުން އެސްޓީއޯއިން ބުނީ ކްރެޑިޓް ސްކީމް އެޕްލިކޭޝަން ފޯމުތައް ފޮނުވާނީ [email protected] އަށް ކަމަށެވެ. އަދި މުދަލާއި ހަވާލުވުމުގެ ކުރިން ލިޔުންތަކުގެ އޮރިޖިނަލް މުދާ ދޫކުރާ އައުޓްލެޓާއި ހަވާލުކުރަން އެދެއެވެ. އެސްޓީއޯގެ ފައިނޭސް ޑިޕާޓްމަންޓްގެ އީމެއިލް އަކީ [email protected] އެވެ.
އެސްޓީއޯއިން ބުނީ، އެކުންފުނީގެ ޕީޕަލްސް ޗޮއިސް ސްޓޭޕަލް ފުޑްސް މާދަމާ ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށެވެ. އަދި އެކުންފުނީގެ ޕީޕަލްސް ޗޮއިސް ހޯމް އިމްޕްރޫވްމަންޓްވެސް މާދަމާ ހުޅުވާފައި ހުންނާނީ މެންދުރުފަހު 2:00އިން ރޭގަނޑު 10:00 އަށް ކަމަށެވެ.
އެސްޓީއޯއިން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ދޭ ރައްކާތެރިކަމުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެންމެހާ ފަރާތްތައް އިލްތިމާސްކުރާ ކަމަށެވެ.