ޚަބަރު

ކޮވިޑް 19 : ހަކުރާ ހުރާ، ސޭންޑީޒް ބަތަލާ، އަނަންތަރާ ދިގު އަދި ކަނިފިނޮޅު ރިސޯޓުން ޓެސްޓުކުރި މީހުން ނެގަޓިވް

ކޮވިޑް 19އަށް ޝައްކުކުރެވިގެން ސިނަމޮން ހަކުރާ ހުރާ އާއި ސޭންޑީޒް ބަތަލާ އާއި އަނަންތަރާ ދިގު އަދި ކްލަބު މެޑް ކަނިފިނޮޅު ރިސޯޓުން ޓެސްޓުކުރި މީހުން ނެގަޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ އެމީހުންގެ ނަތީޖާ ނެގަޓިވްވުމާ ގުޅިގެން އެ ރިސޯޓުތައް އާންމު ހާލަތަށް ގެނެވިފައިވާ ކަމަށެވެ.

"ކޮވިޑް 19އަށް ޝައްކުކުރެވިގެން ސިނަމޮން ހަކުރާ ހުރާ އާއި ސޭންޑީޒް ބަތަލާ އާއި އަނަންތަރާ ދިގު އަދި ކްލަބު މެޑް ކަނިފިނޮޅު ރިސޯޓުން ނެގި ސާމްޕަލްތައް ވަނީ ނެގަޓިވްވެފައި. މިހާރު އެ ރަށްތައް ވަނީ މޮނީޓަރިންގެ ހާލަތުން ނެގިފައި." އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވްވެފައެއް ނުވެއެވެ.