އެމްޑަބްލިއުއެސްސީގެ ފަރާތުން މާލޭގެ ތިން ސަރަހައްދެއްގައި އަތް ދޮންނަން ތަށި ހަރުކޮށްފި އެވެ.
އެ ކުންފުނިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މާލޭ ލޯކަލް މާރުކޭޓު ސަރަހައްދު، މަސް މާރުކޭޓު އަދި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި އަތް ދޮވުމަށް ހާއްސަ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.
އާންމުން އެއްވެ އުޅޭ މިފަދަ ތަންތަނުގައި އަތްދޮންނަ ތަށި ހަރުކޮށްފައިވަނީ ގިނަ ގިނައިން އަތް ދޮވުމަށް އާންމުން ހޭލުންތެރި ކުރުމަށް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. އަދި މިއީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން މާލޭގައި ހަރު ކުރި އަތްދޮންނަ ތަށިތަކެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.
ކޮވިޑް 19ގެ އން ރައްކާތެރި ވުމުގެ ގޮތުން ގިނަގިނައިން އަތް ދޮވެ، އަތް ސެނެޓައިޒް ކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ. އަދި އެކި މީޑިއާގެ ޒަރިއްޔާއިން އަތް ދޮވުމުގައި ބޭނުން ކުރަންވީ އެންމެ ރަނގަޅު ގޮތް ސިއްހީ ދާއިރާގެ ފަރާތްތަކުން އަންނަނީ އާންމުންނަށް ކިޔައިދެމުންނެވެ.