ޚަބަރު

އޮޅުވެލި ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮއްވައި ފެނިއްޖެ

އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނީ އެ ރިސޯޓުގެ މުވައްޒަފަކު މަރުވެފައި އޮއްވައި ފެނިފައިވާ މައްސަލައެއް މިއަދުގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ.

އެމީހާ މަރުވެފައި އޮއްވައި ފެނުނީ އޭނާ ދިރިއުޅޭ ކޮޓަރިން ކަމަށާއި އޭނާއަކީ ސްރީލަންކާއަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.