ޚަބަރު

އައްޑޫ މީދޫ ކުޅި ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

މަރިޔަމް ޝަހުދާ

އައްޑޫ މީދޫ ކުޅި ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް ކުރި މަސައްކަތުން މިއަދު ހަވީރު 5:50 ހާއިރު ނިއްވާލެވިފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 1:15 ހާއިރު ކަމަށާއި އެ ސަރަހައްދުގައި ރޯވުމާއެކު ހިތަދޫ ފަޔާ ސްޓޭޝަނުން އަލިފާން ނިއްވާލުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވިފައި މިވަނީ ގިނަ އިރުތަކެއް ވަންދެން ކުރި މަސައްކަތަށްފަހުއެވެ.