އިންޑިއާގެ ގާޑަން ސިޓީ ޔުނިވާސިޓީން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ޑޮކްޓަރޭޓް ޑިގްރީއެއް އަރުވައިފިއެވެ.
ރައީސް މައުމޫނަށް ޑޮކްޓަރޭޓް ޑިގްރީ އަރުވާފައިވަނީ ގާޑަން ސިޓީ ޔުނިވާސިޓީގެ ޗާންސެލާ އަދި ރާއްޖޭގައި ހުންނަވާ އިންޑިއާގެ އޮނަރަރީ ކައުންސުލް ޑރ. ޖޯސެފް ވީ.ޖީ އެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި އެ އެވޯޑު އެރުވުމުން ޑރ. ޖޯސެފަށް ވަނީ ޝުކުރު ދަންނަވައިފައެވެ. އޭގެ އިތުރުން މައުމޫން ފައުންޑޭޝަންގެ އެހީގައި ދިވެހި ދަރިވަރުންނަށް ގިނަ ސްކޮލާޝިޕްތަކެއް ފޯރުކޮށްދެމުންދާތީ، އެކަމަށް ވެސް ރައީސް މައުމޫން ޝުކުރު ދަންނަވާފައިވެއެވެ.
ގާޑަން ސިޓީ ޔުނިވާސިޓީއަކީ ބަޔޯޓެކްނޮލޮޖީއާއި، ބަޔޯކެމިނިސްޓްރީއާއި، މެނޭޖްމަންޓާއި، ޖާނަލިޒަމާއި، ސައިކޮލޮޖީއާއި، ހޮޓެލް މެނޭޖްމަންޓް އެންޑް ޓުއަރިޒަމާއި، ކޮމްޕިއުޓޭޝަނަލް ސައިންސް އެންޑް އައިޓީ އަދި ފިޒިއޮތެރަޕީގެ ދާއިރާ އިން ޕީއެޗްޑީ ކޯސްތައް ކުރިއަށްގެންދާ ޔުނިވާސިޓީއެކެވެ.