ޚަބަރު

ކޮވިޑް 19 : އަލާމާތްތައް ހުރި ދިވެއްސަކު ފެނިގެން ހުދުރަންފުށި ރިސޯޓު މޮނީޓަރިންގެ ހާލަތަށް

އަލީ ޔާމިން

ކޮވިޑް 19އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސަކު ފެނިގެން އަދާރަން ސެލެކްޓް ހުދުރަންފުށި ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތު ޕްރޮޓެންޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ އެ ދިވެހި މީހާގެ ޓެސްޓް ހެދުމަށް ސާމްޕަލް ނަގާފައިވާ ކަމަށާއި އަދި އެމީހާ އެކަހެރިކޮށްފައިވާ ކަމަށެވެ.

ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްތަކަށް މީހުން ދިއުމާއި، މީހުން ދިރިއުޅޭ ރަށްތަކުން ރިސޯޓުތަކަށް މީހުން ދިއުން އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދިއުން ވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ތިން މީހަކު ވަނީ ރަނގަޅުވެފައެވެ.