ސްޓޭޓް މިނިސްޓަރުންގެ މަގާމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރު ފަސް ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފިއެވެ.
އިއްޔެ ރައީސް ސޯލިހް ވަނީ ސްޓޭޓް މިނިސްޓަރުންގެ މަގާމަށް ހަ ބޭފުޅެއް އައްޔަން ކުރައްވައިފައެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވަނީ ސްޓޭޓް މިނިސްޓަރުންނަށް އައްޔަނުކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.
އެ ބޭފުޅުންނަކީ :
މުހައްމަދު އިޔާދު ހަމީދު - މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓް
ހަސަން ރަޝީދު - މިނިސްޓަ އޮފް ސްޓޭޓް ފޯ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ޝައިހް އިލްޔާސް ޖަމާލް - މިނިސްޓަ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް
އާއިޝަތު ރަޝީދާ - މިނިސްޓަ އޮފް ސްޓޭޓް ފޯ ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް
އަހުމަދު މުޖްތަބާ - މިނިސްޓަ އޮފް ސްޓޭޓް ފޯ އެންވަޔަރުމެންޓް