ޚަބަރު

ދިހަ އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބަންގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފި

ދިހަ އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބަންގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އުތުރު ޕޮލިސް ޑިވިޝަން (ނ، ރ، ބ، ޅ އަތޮޅުތައް ހިމެނޭ ޑިވިޝަން)ގެ ރަށެއްގެ ދިހަ އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 36 އަހަރުގެ ބަންގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކަކީ އެ ސާވިސް އިން ސީރިއަސްކޮށް ބަލަމުން އަންނަ މައްސަލަތަކެއް ކަމަށެވެ.