އިބްރާހިމް ޒަކީ
ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅު ތަކުގެ ތެރެއިން ކަރަންޓީން ފެސިލިޓީތައް ގާއިމް ކުރުމަށް ޓޫރިޒަމް މިިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 1158 ކޮޓަރި 2288 އެނދު ހަމަޖެހިއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އެކަން ހާމަ ކުރައްވައި ޓޫރިޒަމް މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އަދަދަށް ކަރަންޓީން ފެސިލިޓީ ހަމަޖައްސައި ދިނުމަށް ޓޫރިޒަމް އިންޑަސްޓްރީން ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު ދަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެއީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
މިނިސްޓަރު އަލީ ވަހީދު ވަނީ އެ ކަރަންޓީން ފެސިލިޓީ ތަކުގައި ތިބި މީހުންގެ މައުލޫމާތު ސާފު ކުރުމަށް ގުޅާނެ ފޯކަލް ޕޮއިންޓްތަކެއްގެ މައުލޫމާތު ވެސް ހާމަ ކުރައްވައިފައެވެ.
ކަރަންޓީން ފެސިލިޓީސްގެ ފޯކަލް ޕޮއިންޓްތައް: