ލ. ގަމުތުނޑީ ބަނދަރުގައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި އެވެ.
ފުލުހުން ބުނީ، ޕޮލިސް ލޯންޗް 34ގައި ރޯކޮށްލާފައިވާ ކަމުގެ ރިޕޯޓް ލިބުނީ ރޭ 3:54 ގައި ކަމަށެވެ.
އެކަން އެމްއެންޑީއެފަށް ހުށަހެޅި ކަމަށާއި، ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ފަތިހު ފަހެއް ޖަހަނިކޮށް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ލޯންޗުގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައިވާކަން އެނގުނީ ލޯންޗް ކައިރިއަށް ދިޔައިރު ލޯންޗުގެ ވާ ކަނޑާލާފައި ވުމުން ކަމަށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި، ބޭނުން ނުކުރެވޭ ވަރަށް އެ ލޯންޗު އެނދުން ފިޔަވައި އިތުރު އުޅަނދަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށްވެސް ފުލުހުން ބުންނެވެ.
މިހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.