ޚަބަރު

ރަންދެލި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އައިދާ އަބްދުލް ހަކީމް

ރަންދެލި ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ރަންދެލި ރިސޯޓުގެ ވިލާ 47ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ ދަންވަރު 03:40 ގައި ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ ރޯވި އަލިފާންގަނޑު ނިންވާލާފައިވާ ކަމަށާއި އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ވިލާ 47 ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.