ޚަބަރު

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ދީފި

އަހުމަދު ޖައިޝަން

"މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްދަ ދީފިއެވެ.

އިލެކްޝަންސް ކޮމިޝަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ޕާޓީ އުފެއްދުމަށް ކުރަން ޖެހޭ މަސައްކަތްކުގެ ހުއްދަ ދީފައިވާ ކަމަށެވެ.

އެ ޕާޓީ އަކީ ވިޔަފާރިވެރީންގެ ޖަމިއްޔާގެ ރައީސް، އިސްމާއީލް އާސިފް އިސްވެ ހުންނަވައި އުފައްދާ ޕާޓީއެކެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެންމެ ފަހުން އެދިފައި ވަނީ މިއަހަރުގެ ޖުލައިމަހު އެވެ. މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފެއްދުމަށް ހުށަހަަޅާފައި ވަނީ ގާނޫނީ ވަކީލު އަބްދުﷲ ހަސީން އެވެ.