ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވަމުން ދިއުމާއެކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު އަނެއްކާވެސް ހެޔޮކުރަން އެ ކުންފުނިން ނިންމައިފިއެވެ.
އެސްޓީއޯ އިން ބުނީ މާދަމާ އިން ފެށިގެން ޑީސަލް ލީޓަރަކުން 1.68 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1.53 ލީޓަރު ހެޔޮވާނެ ކަމަށެވެ. މިއީ މިއަހަރު އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކުރި ތިންވަނަ ފަހަރެވެ.
މާދަމާއިން ފެށިގެން ޑީސަލް ލީޓަރެއް ލިބެން ހުންނާނީ 8.71 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ލިބެން ހުންނާނީ 8.07 ރުފިޔާއަށެވެ.
އެސްޓީއޯ އިން ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން ގައުމުގެ އިގުތިސާދަށާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް މި ބަދަލުގެ ސަބަބުން ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދުކުރާ ކަމަށެވެ.