ޚަބަރު

ފުލުހަކު އެއްޖިންސުން ގުޅުން ހިންގަން ދޭހަވާގޮތަށް ފިރިހެނަކާ ވާހަކަދައްކައި، ބައްދަލުކުރަން އުޅުނު މައްސަލައެއް ބަލަނީ

2

ފުލުހަކު އެއްޖިންސުން ގުޅުން ހިންގަން ދޭހަވާ ގޮތަށް ފިރިހެނަކާ ވާހަކަދައްކައި، ބައްދަލުކުރަން އުޅުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު "ވަން"އަށް މިރޭ ވިދާޅުވީ، އެއްޖިންސުގެ ފިރިހެނަކާ ބޭއަދަބީ ބަހުން ބަދުއަހުލާގީ އަމަލު ހިންގަން ދޭހަވާ ގޮތަށް ވާހަކަދައްކައި، އޭނާއާ ބައްދަލުކުރަން މަސައްކަތްކޮށްފައިވާ މައްސަލައެއް މިމަހުގެ 15 ވަނަ ދުވަހުގެ 2:21 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތަކީ ފުލުހެއް ކަމަށާއި މައްސަލަ ހުށަހެޅި ފަރާތުން ފުލުހުންގެ ތަހުގީގަށް ދޭ އެއްބާރުލުން ކުޑަވުމުން އެ މައްސަލަ އޮތީ ހުއްޓިފައި ކަމަށެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ފުލުސް މިހާއާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟