ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން ޝެވެލް ބްލަންކް ރެންދެލި ރިސޯޓުން ޓެސްޓުކުރި މީހާގެ ނަތީޖާ ނެގަޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އޭނާގެ ޓެސްޓުގެ ނަތީޖާ ނެގަޓިވްވުމާ ގުޅިގެން އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން މިހާރު އެ ރިސޯޓު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
"ކޯވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެވަލް ބްލަންކް ރަންދެލިން ނެގި ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރިސޯޓު ވަނީ މޮނިޓަރިންގެ ހާލަތުން ނެގިފައި،" އެޗްޕީއޭ އިން ކުރި ޓުވީޓުގައި ބުނެފައިވެއެވެ.
ރަންދެލި ރިސޯޓުން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވަނީ ބިދޭސީއެއްގެ ގައިންނެވެ. ބައްޔަށް ޓެސްޓުކުރުމަށް އޭނާގެ ސާމްޕަލް ނަގާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.