ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޕެރެޑައިސް އައިލެންޑް ރިސޯޓުން ޓެސްޓުކުރި ދިހަ މީހުން ބައްޔަށް ނެގެޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެމީހުންގެ ޓެސްޓުގެ ނަތީޖާ ނެގަޓިވްވުމުން އެ ރިސޯޓު މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
"ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޕެރަޑައިސް އައިލަންޑް ރިސޯޓުން ނެގި ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފައިވާތީ އެ ރިސޯޓު ވަނީ މޮނިޓަރިންގްގެ ހާލަތުން ނެގިފައި،" އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ.
ކޮވިޑް 19އަށް ޝައްކުކުރެވޭ ދިހަ މީހަކު ފެނިގެން ޕެރަޑައިސް ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އިއްޔެއެވެ. ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވަނީ ދެ ބިދޭސީއަކާއި އަށް ދިވެއްސެއްގެ ގައިންނެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.