ޚަބަރު

ކުރެއްދޫން ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވްވި މީހާއާ ކޮންޓެކްވި 32 ބިދޭސީން 14 ދުވަސް ހަމަވުމުން ދޫކޮށްލައިފި

ކުރެއްދޫ އައިލެންޑް ރިސޯޓުން ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވްވި މީހާއާ ކޮންޓެކްވި މީހާއާ ކޮންޓެކްވި 32 ބިދޭސީން 14 ދުވަސް ހަމަވުމުން ދޫކޮށްލައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ ކުރެއްދޫން 32 ބިދޭސީން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަވުމުން ދޫކޮށްލާފައިވަނީ އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

"މިހާރު އަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ކުރެއްދޫން 32 ބިދޭސީން، 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައި،" އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ.

ފުރައިގެން ދިޔަ ފަހުން ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި ފަރާތްތަކުގެ ތެރޭގައި ކުރެއްދޫ ރިސޯޓުގެ އިތުރުން މާގިރި ހޮޓަލުގެ 15 މުވައްޒަފަކު ވެސް ހިމެނެއެވެ. ކުރެއްދޫ އިން ވަނީ ޖުމްލަ ފަސް މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.