ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ށ. އަތޮޅުން ފެށިގެން ބ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވާ ގޮތުގައި އެއަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 12:00އިން ފެށިގެން ހަވީރު 03:00ގެ ނިޔަލަށެވެ. އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ގަދަ ވަޔާއެކު ކަނޑުގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.