ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމަށް އިއްޔެ އައްޔަނުކުރެއްވި އިބްރާހީމް ހޫދު، ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަންގެ މަގާމަށް ހަމަޖައްސަވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ސްޕޯކްސްޕާސަންގެ މަގާމަށް ހޫދު ހަމަޖައްސަވާފައިވަނީ މިއަދެވެ.
ހޫދު ވަނީ މީގެކުރީން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީގެ މަގާމުގައި މަސައްކަތްކުރައްވާފައެވެ. އޭގެއިތުރުން ފޮރިން މިނިސްޓްރީގައިވެސް އޭނާ ވަނީ މަސަައްކަތްކުރައްވާފައެވެ.
އިބްރާހީމް ހޫދަކީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަރއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.