އަޕަސައުތު ޕޮލިސް ޑިވިޝަން (ހއ، ހދ، ށ) ހިމެނޭ ރަށެއްގައި 15 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ އެމައްސަލަ އެ އިދާރާއަށް ހުށަހަޅާފައިވަނީ އިއްޔެ 17:04 އެހާއިރު ކަމަށެވެ. އަދި މިމައްސަލަ އާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ފުލުހުން ވަނީ މިފަދަ މައްސަލައިގައި ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ހާމަ ނުކުރުމަށް އެދިފައެވެ.