ކޮވިޑް 19ގެ ސަބަބުން ސަރުކާރު އޮފީސްތައް އެއް ހަފުތާއަށް ބަންދު ކުރުމަށް ނިންމުމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުން ދޭ ހިދުމަތްތައް ވެސް އޮންލައިންކޮށް ދިނުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
މިކަމާ ގުޅިގެން އެކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ބަންދު މުއްދަތުގައި އެ ކޮމިޝަންގެ އޮފީސް ވެސް ބަންދުވާނެ ކަމަށެވެ. އަދި މި މުއްދަތުގައި އެ ކޮމިޝަންގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
އެގޮތުން އެ ކޮމިޝަންގެ ހޮޓްލައިން ނަންބަރު 1424 އަދި 7977827 އަށް ގުޅައިގެން އެ ކޮމިޝަންގެ ހިދުމަތްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަނުން ބުނެއެވެ. އަދި އެސްއެމްއެސް އާއި ވައިބަރުގެ ޒަރިއްޔާއިންވެސް އެކޮމިޝަނުގެ ހިދުމަތްތައް ހޯދޭނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. މި ފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންދޭ އެއްބާރުލުމަށް އެ ކޮމިޝަނުން ޝުކުރު އަދާ ކުރިއެވެ.