އަލީ ޔާމިން
ކޮވިޑް 19އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ބިދޭސީއަކު ފެނިގެން ޝެވަލް ބްލޮންކް ރަންދެލި ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލެތު ޕްރޮޓެންޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ އެ ބިދޭސީ މީހާގެ ޓެސްޓް ހެދުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ.
ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްތަކަށް މީހުން ދިއުމާއި، މީހުން ދިރިއުޅޭ ރަށްތަކުން ރިސޯޓުތަކަށް މީހުން ދިއުން އަދި އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދިއުން ވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.