ޚަބަރު

ކޮވިޑް 19 : މާދަމާ އިން ފެށިގެން ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރުތައް ބަންދުކުރަނީ

ކޮވިޑް 19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާދަމާ އިން ފެށިގެން ދިރާގުގެ ކަސްޓަމާ ސާވިސް ސެންޓަރުތައް ބަންދުކުރުމަށް ނިންމައިފިއެވެ.

ދިރާގުން ބުނީ ކޮވިޑް 19ގެ ބަލިމަޑުކަމާ ބެހޭގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝާދުގެ ދަށުން މާދަމާ އިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް ބަންދުވާނެ ކަމަށެވެ.

މިދުވަސްވަރު ދިރާގު މޮބައިލް އެޕް އަދި ވެބްސައިޓުގައިވާ ދިރާގު މައިއެކައުންޓް މެދުވެރިކޮށް ކަސްޓަމަރުންގެ ހިދުމަތްތައް މެނޭޖްކުރުމަށާއި، ކޮންމެހެން ގުޅަން ޖެހިއްޖެ ހާލަތެއްގައި ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، އައިމެސެޖިން، ވައިބާ ހެލްޕް އަދި ފޭސްބުކް މެސެންޖާ ފަދަ ޑިޖިޓަލް ޗެނަލްތައް ބޭނުންކުރުމަށް ދިރާގު އެދެއެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާއި މުޖުތަމައަށް އެހީތެރިވެ، ލުއިފަސޭހަ ފޯރުކޮށްދިނުމަށް ކަމަށެވެ.