އަލީ ޔާމިން
ސަރުކާރު ބަންދުވިޔަސް، ވިސާގެ ކަންކަން ހަމަޖެހިފައިނުވާ ފަރާތްތަކަށް ފުރައިގެން ދެވެނޭ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހު 19 އިން 26ގެ ނިޔަލަށް ސަރުކާރުގެ އިދާރާތައް ބަންދުކުރުމަށް ނިންމާފައިވާތީ މި މުއްދަތުގެ ތެރޭގައި އެމްޕްލޯއިމަންޓް އެޕްރޫވަލް ލިިބި، ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ވޯކް ވިސާ ލިބިފައިނުވާ ފަރާތްތަކާއި އެހެނިހެން ވިސާގައި ރާއްޖޭގަައި އުޅޭ ފަރާތްތަކުގެ ތެރެއިން މަގުބޫލު އުޒުރެއް ދިމާވެގެން ވިސާ އާ ނުކުރެވިފައިވާ ފަރާތްތައް ރާއްޖެއިން ފުރައިގެން ދިއުމަށް ބޭނުންވާނަމަ، އެ ފަރާތެއްގެ އެމްޕްލޯޔަރު ނުވަތަ ސްޕޮންސަރު ކޮށްފައިވާ ފަރާތުން އައިއެމް 34 ނަންބަރު ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ޕާސްޕޯޓު ޑާާޓާ ޕޭޖްގެ ކުލި ކޮޕީއަކާއި ޓިކެޓް ކޮޕީއެއް ހިފައިގެން އެއާޕޯޓަށް ފުރަން ދިއުމުން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ބިދޭސީ ފަރާތްތައް ފުރައިގެން ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
ވޯކް ވިސާ ފިޔަވައި އެހެނިހެން ވިސާތަކުގައި އުޅޭ ފަރާތެއްގެ ވިސާގެ މުއްދަތު ހަމަވާނަމަ ބިދޭސީ ފަރާތުގެ މައުލޫމާތާއި ވިސާގެ މައުލޫމާތު [email protected] އަދި [email protected] އަށް މެއިލްކޮށްދިނުން އެދޭ ކަމަށް ވެސް އިމިގްރޭޝަނުންގެ ބަޔާނުގައިވެއެވެ.
އިމިގްރޭޝަނުން ބުނީ މިކަމާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންނަމަ ތިރީގައިވާ ފޯނު ނަންބަރުތަކަށް ގުޅުން އެދޭ ކަމަށެވެ.
އިމިގްރޭޝަންގެ ވާކް ވިސާ ހޮޓްލައިން ނަންބަރު: 9199153
އިމިގްރޭޝަންގެ ވާކް ވިސާ ފިޔަވައި އެހެނިގެން ވިސާތަކުގެ ހޮޓްލައިން ނަންބަރު: 9199157
އިމިގްރޭޝަން އެއާޕޯޓް އޮފިސް: 9555222