ޚަބަރު

ކޮވިޑް 19 : ކަސްޓަމްސް އިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19އާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުކުރުމަށް ނިންމުމާ ގުޅިގެން ކަސްޓަމްސް އިން ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ދިނުމަށް ކޮންމެހެން ބޭނުންވާ ސެކްޝަންތައް ފިޔަވައި ކަސްޓަމްސްގެ އެހެނިހެން ސެކްޝަންތައް މާދަމާ އިން ފެށިގެން ބަންދުވާނެ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ކަސްޓަމްސްގެ ބައެއް ސެކްޝަންތައް ބަންދު ކަމުގައިވީ ނަމަވެސް، މާލެ އޭރިއާ އަދި އެއްވެސް ރީޖަނަލް އޮފީހަކާ ގުޅޭ ހިދުމަތެއް ކޮންމެހެން ދޭން ޖެހިއްޖެ ހާލަތެއްގައި އެތަންތަނުން ހިދުމަތްދޭނެ ކަމަށެވެ. މާދަމާ އިން ފެށިގެން ކޮންމެހެން ހިދުމަތްދޭން ޖެހޭ ސެކްޝަނުތަކުގެ ގަޑިތައް ވެސް ކަސްޓަމްސް އިން ވަނީ އާންމުކޮށްފައެވެ.

  • އެއާކާގޯގެ ޑޮކިއުމެންޓޭޝަން އަދި އެއާކާގޯ އެގްޒަމިނޭޝަން: ހެނދުނު 6:00 އިން މެންދަމު 1:30 އަށް (ހަފްތާއަކު ހުރިހާ ދުވަހަކު).
  • ސީކާގޯ ޑޮކިއުމެންޓޭޝަން އަދި ސީކާގޯ އެގްޒަމިނޭޝަން: ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް (ހުކުރު ދުވަސް ބަންދު).
  • ސީޕޯޓް ސަވެއިލަންސް އެންޑް އިންޓަޑިކްޝަން: ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް (ހަފްތާއަކު ހުރިހާ ދުވަހަކު).
  • ހުޅުމާލެ ޑޮކިއުމެންޓޭޝަން އަދި ހުޅުމާލެ ސީކާގޯ އެގްޒަމިނޭޝަން: ހެނދުނު 8:00 އިން ރޭގަނޑު 8:00 އަށް (ހުކުރު ދުވަސް ބަންދު).
  • ބޮންޑެޑް ވެއާހައުސް ޑޮކިއުމެންޓޭޝަން އަދި އެގްޒަމިނޭޝަން: ހެނދުނު 7:30 އިން ހަވީރު 4:00 އަށް (ހުކުރު ދުވަސް ބަންދު).
  • ކ. ތިލަފުށި ކަސްޓަމްސް: ހެނދުނު 8:30 އިން މެންދުރުފަހު 2:30 އަށް (ހުކުރު ދުވަސް ބަންދު).
  • ސ. ގަން ކަސްޓަމްސް: ހެނދުނު 7:30 އިން މެންދުރުފަހު 3:00 އަށް (ހުކުރު ދުވަސް ބަންދު).
  • ފެސެންޖާ ކްލިއަރެންސް ސެކްޝަން: 24 ގަޑިއިރު (ހަފްތާގެ ހުރިހާ ދުވަހަކު).
  • ހާބަރު މެނޭޖްމަންޓް ސެކްޝަން: ކަނޑުގެ އުޅަނދުފަހަރަށް އިންވާޑް ކްލިއަރެންސް ދޭންޖެހޭ ހާލަތްތަކުގައި ހިދުމަތް ލިބޭނެ.