ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ލީޑިން އިންސުއަރެންސް ކުންފުނި، އެލައިޑުން އެ ކުންފުނީގެ ބައެއް ހިދުމަތްތަކަށް ބަދަލު ގެނެސްފިއެވެ.
އެލައިޑުން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެ ކުންފުނީގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްގެ ހިދުމަތްތަކަށްވެސް ބަދަލުތައް ގެނެވިފައިވާ ކަމަށެވެ.
އެލައިޑުން ބުނީ ބިދޭސީންގެ އިންޝުއަރަންސް ޕޮލިސީތައް، ކަސްޓަމަރުންނަށް އޮންލައިކޮށް ނެގޭނެ އިންތިޒާމު މިމަހުގެ 15އިން ފެށިގެން ހަމަޖެހިފައިވާ ކަމަށާއި ބިދޭސީންގެ އިންޝުއަރަންސް ނެެގެމަށް އެލައިޑްގެ އޮންލައިން ޕޯޓަލް myallied.mv އަށް ލޮގިން ކުރުމަށް އެދޭ ކަމަށެވެ.
މީގެ އިތުރުން މިހާރުވެސް ކުންފުނީގެ މޮބައިލް އެޕް އަދި އިންޝުއަރަންސް ޕޯޓަލް މެދުވެރިކޮށް މޮޓޯ އިންޝުއަރަންސް، ޓްރެވެލް އިންޝުއަރަންސް، ކާގޯ އިންޝުއަރަންސް އަދި ހޯމް ކޮންޓެންޓް ތަކަފުލް އޮންލައިންކޮށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެލައިޑުން ބުނެއެވެ.
އޮންލައިންކޮށް ނުލިބޭ އިންޝުއަރަންސް ޕޮލިސީތައް އީމެއިލް މެދުވެރިކޮށް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވާ ކަމަށް އެލައިޑުން ބުނެއެވެ.
އެލައިޑް މޮބައިލް އެޕް އަދި އޮންލައިން ޕޯޓަލްގައި ނުހިމެނޭ ހިދުމަތެއް ހޯދުމަށް ކުންފުނީގެ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅުމަށްފަހު [email protected] ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ޕޮލިސީ ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދެވޭނެ ކަމަށްވެސް އެލައިޑުން ބުނެއެވެ.