ވެލިގާ ހާޑްވެއާ އަދި ބްލަންކްގެ ކަސްޓަމަރުންނަށް ފޯނު މެދުވެރިކޮށް މުދާ ގަނެ ހިލޭ ގެންގޮސް ދިނުމުގެ ހިދުމަތެއް ފަށައިފިއެވެ.
މިކަމާ ގުޅިގެން މިއަދު ވެލިގާ ހާޑްވެއާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ މި ހިދުމަތަކީ ކޮވިޑް 19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އާންމުން ބޭރުތެރެއަށް ނުކުމެ އުޅުން މަދުކުރުމަށް އަންގާފައިވާ އެންގުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަސްޓަމަރުން ފިހާރައަށް ޒިޔާރާތްނުކޮށް ބޭނުންވާ މުދާ ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް ފަށާއިފައިވާ ހިދުމަތެއް ކަމަށެވެ.
މި ހިދުމަތް ކަސްޓަމަރުނަށް ފޯރުކޮށްދިނުމަށް ވެލިގާ އަދި ބްލަންކްގެ ކޮންމެ ފިހާރައެއްގައި ވަނީ މިކަމަށް ހާއްސަ ހޮޓްލައިނެއް ގާއިމުކޮށްފައެވެ.
ވެލިގާ ހާޑްވެއާއިން ބުނީ މިއިން ކޮންމެ ނަންބަރަކަށް ގުޅައިގެންވެސް ކަސްޓަމަރުންނަށް ބޭނުންވާ މުދަލާ ބެހޭ މައުލޫމާތާއި މުދަލުގެ އަގު ބަލައި މުދާ އޯޑަރު ކުރެވޭނެ ކަމަށެވެ. މިގޮތުން ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު 3:00ގެ ކުރިން ކުރާ 100 ރުފިޔާއިން މަތީގެ ހުރިހާ އޯޑަރެއް އެދުވަހުގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެވޭނެ ކަމަށް ވެލިގާއިން ބުނެއެވެ.