ޚަބަރު

ކުރިއަށް އޮތް ހަފުތާގައި ސަރުކާރު ބަންދު ނަމަވެސް ޖެންޑާ ބެލުގެދަށުން ހިންގާ މަރުކަޒުތަކުގެ ހިދުމަތްތައް ލިބޭނެ

އައިދާ އަބްދުލް ހަކީމް

އަންނަ ހަފުތާ ސަރުކާރު ބަންދު ކުރަން ނިންމާފައިވީ ނަމަވެސް ޖެންޑާ މިނިސްޓްރީގެ ބެލުގެދަށުން ހިންގާ މަރުކަޒުތަކުގެ ހިދުމަތްތައް ލިބޭނެ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ މިމަހުގެ 19 އިން 26 އަށް ސަރުކާރު ބަންދު ކުރި ނަމަވެސް އެމިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ ސޯޝަލް ޕްރޮޓްކްޝަން ސާވިސްއާއި، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނާއި މީހުން ބައިތިއްބައިގެން ބަލަހައްޓާ މަރުކަޒުތަކުގެ ހިދުމަތްތައް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ޖެންޑާ މިނިސްޓްރީން ބުނީ އެމިނިސްޓްރީގެ ހޮޓްލައިން ނަންބަރު 3328393 ނަންބަރާއި ޗައިލްޑް ހެލްޕް ލައިން 1412ގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ސަރުކާރުން ވަނީ އަންނަ ހަފުތާގައި ސަރުކާރު ބަންދު ކުރަން ނިންމާފައެވެ. ދުނިޔޭގައި ހަލުވިކާމާއިއެކު ފެތުރެމުންދާ ކޮވިޑް19 އަށް ރާއްޖެއިން 13 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައެވެ.