ޚަބަރު

ކޮވިޑް 19 : ކެބް އެމްވީގެ ކާރުތައް ޑިސް އިންފެކްޓުކޮށް ޑްރައިވަރުން އަތުން ނަގާ ފީ ކުޑަކުރަން ނިންމައިފި

މަރިޔަމް ޝަހުދާ

ކޮވިޑް 19ގެ ސަބަބުން ޓެކްސީ ދަތުރުތައް މަދުވެފައިވާތީ ކެބް އެމްވީން އެ ސެންޓަރުގެ ޑްރައިވަރުން އަތުން ނަގާ ފީ ކުޑަކޮށް، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސެންޓަރުން ހިދުމަތްދޭ ކާރުތައް ޑިސް އިންފެކްޓު ކުރަން ނިންމައިފިއެވެ.

ކެބް އެމްވީން މިކަން އިއުލާނުކޮށްފައިވަނީ އިއްޔެ ނެރުނު ބަޔާނެއްގައެވެ. އެގޮތުން ކެބް އެމްވީ ސެންޓަރުގެ ޑުރައިވަރުންގެ އަތުން ނަގާ ފީގެ 50 ޕަސެންޓު ކަނޑާލުމަށް ނިންމާފައިވާ ކަމަށް އެ ސެންޓަރުން ބުނެއެވެ.

މީގެ އިތުރުން އެ ސެންޓަރުން ހިދުމަތް ދޭ ހުރިހާ ކާރެއް ޑިސް އިންފެކްޓު ކުރުމަށް ސްޕްރޭ ކުރުމަށްވެސް ނިންމާފައިވާ ކަމަށާއި ކޮންމެ ދުވަހަކުވެސް އެ ސެންޓަރުގެ ޓެކްސީތައް ސެންޓަރަށް ގޮސް ޓެކްސީއަށް ސްޕްރޭ ކުރުމަށް އެ ސެންޓަރުން އިލްތިމާސްކޮށްފައި ވެއެވެ.

ކެބް އެމްވީގެ ޓެކްސީއެއް ނޫން ކަމުގައި ވީނަމަވެސް، ޓެކްސީ ޑިސް އިންފެކްޓު ކުރުމުގައި ދަތިތަކެއް އުޅޭނަމަ އެ ޓެކްސީއަކަށް އެ ސެންޓަރުން ހިދުމަތް ދޭނެ ކަމަށް ކެބް އެމްވީން ބުނެއެވެ.