ޚަބަރު

ހިތްވަރާއެކު މަސައްކަތްކޮށް، ގައުމުތަކުގެ އެހީއާއެކު މި ހާލަތުން އަރައިގަނެވޭނެ: މިނިސްޓަރު ޝާހިދު

އަލީ ޔާމިން

ރާއްޖޭގެ އަދުގެ ހާލަތު ބަނަވެފައިވީ ނަމަވެސް، ހިތްވަރާ ހިކުމަތްތެރިކަމާއެކު މަސައްކަތްކޮށް އެކުވެރި ގައުމުތަކުގެ އެހީއާއެކު މި ހާލަތު ބަދަލުކުރެވޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިހެން ވިދާޅުވީ، ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް 19 ރޯގާގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން އެމެރިކާގެ ނޫހެއް ކަމަށްވާ ސީއެންބީސީއަށް ދެއްވި އިންޓަވިއުއަކަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ ރޯގާއާއި، ރޯގާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އަދި ރާއްޖޭގެ އިގުތިސާދަށް ބޮޑު އާމްދަނީއެއް ހޯދާ ދާއިރާއަކަށް ފަތުރުވެރިކަމުގެ ސިނާއަތުވާއިރު، ރާއްޖެއިން ކޮވިޑް 19 ޕޮޒިޓިވް ކޭސްއެއް ފެނުމުގެ މާކުރިންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރި ކަމަށާއި، މިހާރުގެ އަންޒާދާތައް ދައްކާ ގޮތުން ފަތުރުވެރިކަމަށް 35 އިންސައްތައިގެ ދަށްވުމެއް އަންނާނެ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވިދާޅުވީ، މިފަދައިން ކަންތައް ދިމާވެއްޖެނަމަ އޭގެ ސަބަބުން ދައުލަތުގެ އާމްދަނީން 446.6 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ގެއްލުން ވެދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ.

މިނިސްޓަރު ޝާހިދު ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށްވެސް ވިދާޅުވެފައެވެ.