ޚަބަރު

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން މަސްކިރުން ކޮންޓްރޯލު ކޮށްފި

މަރިޔަމް ޝަހުދާ

މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ދޯންޏަކުން ދުވާލަކަށް މަސް ކިރާވަރު ކޮންޓްރޯލް ކޮށްފި އެވެ.

އެ ކުންފުނިން އިއްޔެ ނެރުނު އިއުލާނެއްގައި މިއަދުން ފެށިގެން ދޯންޏަކުން ދެޓަނު މަސް ކިރުމަށް ހަމަޖައްސާފައިވާކަމަށް ބުނެފައިވެއެވެ.

މި ނިންމުމަކީ މަސްވެރިކަން ރަނގަޅު ވުމުގެ ސަބަބުން މާންދޫގެ ސްޓޯރުތައް ފުރެމުންދާތީ މަސްގަތުން ކޮންޓްރޯލް ކުރަން ޖެހުމުން ނިންމި ނިންމުމެއް ކަމަށް އެ އިއުލާނުގައި ވެއެވެ. އަދި މިކަން ހައްލުކުރުމުގެ ގޮތުން މަސްބޭރު ކުރުމަށް ބޯޓެއް ގެނައުމަށް ދެހަފުތާވަރު ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިއުލާނުގައި ވެއެވެ.

"ވަން އޮންލައިން" އަށް މައުލޫމާތު ދެއްވި މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މީޑިއާ އޮފިޝަލެއް ވިދާޅުވީ މީގެ ކުރިން މަސް ކިރުމަށް ވަކި ލިމިޓެއް ދީފައި ނުވާ ކަމަށެވެ.