ދެ މީހެއްގެ ފަރާތުން ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ދެ ބިދޭސީއަކު ފެނިގެން އއ. މަތިވެރި މޮނީޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮވިޑް 19ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވަނީ ދެ ބިދޭސީންގެ ގައިން ކަމަށެވެ.
"އއ. މަތިވެރިން ދެ ބިދޭސީއެއްގެ ކިބައިން މި ބަލީގެ އަލާމާތްތައް ފެނިފައިވޭ. މިކަމާ ގުޅިގެން މަތިވެރި މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތަކަށް ގެނެވިފައި،" އޭނާ ވިދާޅުވިއެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.