ޚަބަރު

ރަސްދޫން ކިނބުލެއް ފެނިއްޖެ

1

އއ. ރަސްދޫން ކިނބުލެއް ފެނިއްޖެއެވެ.

ފުލުހުން މިރޭ މިރޭ 7:00 ހާއިރު އއ. ރަސްދޫގެ ގޮނޑުފޮށުން ގާތްގަނޑަކަށް ތިން ފޫޓުގެ ކިނބުލެއް ފެނިފައިވާ ކަމަށެވެ.

ރަސްދޫގެ ގޮނޑުދޮށުން އެ ކިނބޫ ފެނިގެން އާންމުންގެ މީހަކު އެ ކިނބޫ ހިފައިވާ ކަމަށާއި މިހާރު އެ ކިނބޫ އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ރަސްދޫން ކިނބުލެއް ފެނިފައިވާ އިރު، މިދިޔަ މަހު ޖުމައިރާ ވިޓަވެލި ރިސޯޓް ގޮނޑުދޮށުން ވެސް ވަނީ ހަތަރު ފޫޓުގެ ކިނބުލެއް ފެނިފައެވެ. އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުއައްޒަފަކަށް ކިނބޫ ފެނިގެން، ކިނބުލާ 15 ވަރަކަށް ފޫޓު ކައިރިވިތަނާ ކިނބޫ މޫދަށް ފައިބައިގެން ވަނީ ގޮސްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟