ގޭގައި ހުރެގެން އޮންލައިންކޮށް މޯލްޑިވް ގޭސްއަށް ފައިސާ ދެއްކޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
މޯލްޑިވް ގޭސްއިން މިއަދު ބުނީ އެކުންފުނީގެ ވެބްސައިޓް https://maldivegas.com/order މެދުވެރިކޮށް ކަސްޓަމަރުންނަށް ގޭގައި ހުރެގެން ގޭހަށް އޯޑަރު ކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް މިހާރު ލިބެމުންދާނެކަމަށެވެ.
މޯލްޑިވް ގޭސް އިން މިގޮތަށް ނިންމާފައިވަނީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް19 ރާއްޖޭގައި ފެތުރެމުންދާތީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވުމުން، މިދުވަސްކޮޅު ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.
ކޮވިޑް 19 ރާއްޖޭގައި ވެސް ފެތުރެމުންދާނީ، ގިނަ ކުންފުނިތަކުންނާއި ސަރުކާރުގެ އިދާރާތަކުން އަންނަނީ އޮންލައިންކޮށް ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. އެޗްޕީއޭ އިން ވަނީ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ހުއްޓާލުމަށް އިލްތމާސް ކޮށްފަ އެވެ.