ސްޕެއިނުން ރާއްޖެ އައި ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ ގަތަރު އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އައި މީހާ، ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް ނެގި ސާމަޕަލް ނެގެޓިވްވެފައިވާ ކަމަށެވެ.
"ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނު ގަތަރު އެއާވޭސް ފްލައިޓުން ދަތުރުކުރި ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ވަނީ ނެގަޓިވްވެފައި،" އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ.
އޭނާއާއެކު އިއްޔެ އެ ފްލައިޓުން ރާއްޖެ އައި އިތުރު ނުވަ ބިދޭސީއަކު ވަނީ އެކަހެރިކޮށްފައެވެ. އަދި ފްލައިޓުގެ ކްރޫއިންގެ ތެރެއިން ދެ މީހަކު ވަނީ ވިލިވަރުގައި ކަރަންޓީނުކޮށްފައެވެ.
މިހާތަނަށް ރާއްޖެއިން ވަނީ ކޮވިޑް 13 މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.