ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު މިއަދު ހަމަޖައްސަވައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔާއަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެވެ.
ޑރ. ނަޒީރު އެ މަގާމަށް ހަމަޖައްސާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެގޮތަށް ނިންމުމުން ކަމަށް ޑީޖޭއޭއިން ވަނީ ބުނެފައެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ނަޒީރު ހަމަޖައްސަވާފައިވާއިރު އެ މަގާމަށް ކުރިމަތިލުމަށް ޑީޖޭއޭއިން ހުޅުވާލާފައިވަނީ މިދިޔަ މަހުގައެވެ.
އެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމަށް ހުޅުވާލާފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ސައީދު، މިއަހަރުގެ ފެބްރުއަރީ މަހުގައި ހައްޔަރުކުރުމާ ގުޅިގެން އޭނާ މަގާމުން ވަކި ކުުރުމުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޖިނާއީ ތުހުމަތެއްގައެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަށް މުސާރައާއި އިނާޔަތްތަކާއެކު މަހަކު 47،000 ރުފިޔާ ލިބޭނެއެވެ.