ގިލި ލަންކަންފުށި ރިސޯޓުގެ ދިވެއްސެއްގެ ގައިން ކޮވިޑް 19ގެ އަލާމާތްތައް ފެނިގެން ޓެސްޓުކުރުމުގެ މަސައްކަތް ފަށައި، އެ ރިސޯޓު މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެެއްގައި ބުނީ ކޮވިޑް 19ގެ އަލާމާތްތައް ފެނުނު އެމީހާ ގޭގައި އެކަހެރިކޮށްފައިވާ ކަމަށެވެ.
"ގިލި ލަންކަންފުށީގެ ދިވެއްސެއްގެ ގައިން ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އޭނާގެ ސާމްޕަލް ވަނީ ނެގިފައި. ރިސޯޓު ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައި. އޭނާ މިހާރު ވަނީ ގޭގައި އެކަހެރިކޮށްފައި،" އެޗްޕީއޭގެ ޓުވީޓުގައި ބުނެފައިވެއެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.