ޚަބަރު

ހުޅުމާލެއިން ފަރުކޮޅުފުއްޓަށް ގެންދިޔަ ދިވެހި މީހާ، ކޮވިޑް 19އަށް ނެގަޓިވް

ހުޅުމާލެއިން ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަ ދިވެހި މީހާ ކޮވިޑް 19އަށް ނެގަޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެމީހާ ހުޅުމާލެއިން ފަރުކޮޅުފުއްޓަށް ގެންގޮސް، ސާމްޕަލް ނަގާފައިވަނީ އިއްޔެއެވެ. އޭނާއަކީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ހުޅުމާލެއިން ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނު ދިވެހި މީހާގެ ސާމްޕަލް ނެގަޓިވް ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް 19އަށް ޕޮޒިޓިވްވި 13 މީހަކު ވަނީ ފެނިފައެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.